Is Internet a Safe Place?

 

އިންޓަރނެޓަކީ ރައްކާތެރި ތަނެއްބާ؟ 

މިފަހަކަށް އައިސް އިންޓެނަޓަކީ އަހަރުމެންގެ އެތައްބަޔަކަށް އެޔާ ނުލާ ދިރިއުޅެން ދަތިވެފައިވާ އެއްޗެކެވެ. ހެނދުނު ހޭލާ ގޮތަށް ފޭސްބުކު ސުޓޭޓަސްއެއް އަޕުލޯޑު ކޮށްލަން ޖެހެއެވެ. ކާން އިށީންދެ ބިސްމި ކިޔުމުގެ ކުރިއަށް ކާއެއްޗެހީގެ ސްނެޕެއް ކޮށްލަން ޖެހެއެވެ. ކޮންމެއަކަސް އިންޓަނެޓް އަކީ މިޖީލުގެ ދަރިންގެ ދިރިއުޅުމާ ގުޅިލާމެހިފައިވާ އެއްޗެކެވެ. ސަބަބު ތަކެއްވެސް ނެތިގެނެއް ނޫނެވެ. އިންޓަނެޓްގެ ބޭނުން ކޮއްގެން ނުކުރެވޭ ކަންތައް މިހާރު މަދެވެ. އިންޓަނެޓްގެ ސަބަބުން މުއާސަލާތު ކުރުމަށް ވެސްވަނީ އެތަކެއް ކުރިއެރުން ތަކެއް ލިބިފައެވެ. ދުނިޔޭގެ އެއްކޮޅުގަ ހުންނަ މީހާއައް އަނެއްކޮޅަށް ގުޅުމަކީ މާބޮޑު ކަމަކަށް ނުވެއެވެ. މިއަކީ ޢިލްމުން ވެސް ފުރިގެން ވާއެއްޗެކެވެ. ގޫގުލް ދޮންބެ ކައިރީ އަހާލުމުން ޖަވާބު ނުލިބޭ އެއްމެ ސުވާލެއްވެސް އޮތްކަމަކަށްވެސް ނުވެއެވެ. މިހެން މިކަންތައް ވީހިނދު މިއީ ކިހާ ރައްކާތެރި އެއްޗެއްހެއްޔެވެ؟

ކަމާބެހޭ މާހިރުން ބުނެއުޅޭގޮތުން ނަމަ އިންޓަނެޓުން ލިބޭ ކިތަންމެ ފައިދާތަކެޢް ހުރިނަމަވެސް، އެއާނުލާ އުޅެވެން  ނެތްނަމަވެސް، އެއާއެކީ އެޅެން ނެއެގޭކަމަށް ވަންޏާ މިއަކީ ވަރަށް ނުރައްކާތެރި އެއްޗެކެވެ. މިގޮތުން އިންޓަނެޓް ބޭނުން ކުރުމުގައި އެބޭނުންކުރާ މީހާ އަށަގަންނަންޖެހޭ އަޙުލާގީ މިންގަނޑުތަކެއް އެބަހުއްޓެވެ. މިއާބޭހޭ ގޮތުން ވަރަށް ދިގުކޮށް ވަރަށް ގިނަ ވާހަކަތައް ދެއްކިދާނެއެވެ. އަހަރެން ގަސްދުކުރަނީ މިކަމާ ބެހޭ ގޮތުން އަހަންނަށް ލިބިފަހުރި މަޢުޅޫމާތުތައް ތިކިޔުންތެރިންނާ ހިއްސާކޮށްލެވޭތޯ ސިލްސިލާ ލިއުންތަކެއް ޝާއިރު ކުރުމަށެވެ. އެހެންވީމާ ދެން މިއަދުގެ މަޢުލޫއައިގެން ކުރިއަށް ދަމާހިނގާށެވެ.

1.     ބޭނުންކުރާ ޕާސްވޯޑު ވަރުގަދަކުރުން:

އިންޓަނެޓްގައި އުޅޭ މީހަކަށް ޕާސްވޯޑަކީ އާއެއްޗަކަށް ނުވާނައެވެ. އެހެންކަމުން ޕާސްވޯޑާބެހޭ މާބޮޑު ފިލާވަޅެއްދޭކަށް އަހަންނެއް ނެތީމެވެ. ހުލާސާގޮތެއްގައި އިންޓަނެޓުގެ ހުރިވަސީލަތްތަކަށް ވަންނަން ބޭނުންކުރެވޭ އެންމެމައިގަޑު ތަޅުދަނޑިއަކީ ޕާސްވޯޑެވެ. ބޭންކު އެކައުންޓަށްވިޔަސް، ފޭސްބުކަށްވިޔަސް، އީމެއިލަކަށްވިޔަސް، ވިޔަސް، އަދި ކީއްކުރަން ދިރާގު ބިލްދައްކަން މައި އެކައެންޓަށް ވަންނަންވެސް ޕާސްވޯޑު ބޭނުންވެއެވެ. މިހެން ވީހިދު ވަރުގަދަ، ވަގަކަށް ފަޅާލަންދަތި، އެއިންމީހެއްގެ ހިތަށް ގެންނަން އުދަގޫ ޕާސްވޯޑެއް އިހުތިޔާރު ކުރުން މުހިއްމެވެ.

މިގޮތުން ދިގު، ކެޕިޓަލް އަދި ސިމްޕަލް އަކުރު ތައް އެކުލެވޭ، އަދިއެހެންމެ ނަންބަރުތަކާ، ސްޕެޝިއަލް ކެެރެކްޓަރސް އެކުލެވޭ ޕާސްވޯޑެއް ގެންގުޅުން ބުއްދިވެރިއެވެ. މިހިސާބުން އަދިނިމުނީ އަކީ ނޫނެވެ. އެއްޕާސްވޯޑައް ވުރެ ގިނަޕާސްވޯޑު ގެންގުޅެން އެބަޖެހެއެވެ. އެއީ ގެންގުޅޭ އެއްޕާސްވޯޑު ލީކުވިއަކަސް ތިމާމީހާގެ ދެންހުރި އެހެނިހެން އެކައެންޓުތައް އޮރިޔާންވެނުދިނުމަށްޓަކައެވެ. މިބުނަންއުޅޭ އެއްޗަކީ ތިމާ އިންޓަނެޓުގައި ބޭނުންކުރާ ހުރިހާ ވަސީލަތްތަކެއްގައި އެއް ޕާސްވޯޑެއް ބޭނުން ނުކުރާށެވެ!



އަމިއްލަ އުމުރު ހަދާނުގައި ބަހައްޓަން ދަތި މީހަކަށް މިބުނިފެންވަރުގެ ވަރުގަދަ ޕާސްވޯޑެއް ގެންގުޅެން ދަތިވެދާނެެއެވެ. އަދި މިދައްކަނީ އެންމެ ޕާސްވޯޑެއްގެ ވާހަކައެއްނޫނެވެ. އަހަންނަށް ތިއިހުސާސްތައް އެންމެރަނގަޅަށް ފަހުމުވެއެވެ. އެއީ އަހަންނަކީވެސް ތީގެތެރެއިން ހަނދާނަށް ބަޑިޖަހާފަ ހުރި އެކަކީމެވެ. މިކަމަށްވެސް ހައްލުއެބަ އޮތެވެ. ދެވަނަ ޕޮއިންޓުގައި މިކަމަށް ބަލައިލަމާ ހިނގާށެވެ.

2.    ޕާސްވޯޑު މެނޭޖާރސް ބޭނުންކުރުން:



ޕާސްވޯޑު މެނޭޖަރަކީ ޑައިރީ އެއްކަހަލަ އެއްޗެކެވެ. މީގެއިން އެޕްލިކޭށަނެއް ބޭނުންކޮށްގެން އިސްވެ ބުނެވުނުފަދަ ވަރުގަދަ ޕާސްވޯޑެއް މާބުރަމަސައްކަތަކާނުލާ އޮޓޯއިން އެކުލެވިދާނެއެވެ. ދެރަވަރު ޕާސްވޯޑެއް ބޭނުންކުރެވޭނަމަ އެވާހަކަވެސް ވެރިފަރާތަށް ކިޔާދޭނެ އެވެ.  އަދި ޕާސްވޯޑު މެނޭޖާރ އެޕްލިކޭށަން މެދުވެރިކޮށް ބޭނުންކުރާ ކޮންމެ ސޮފްޓްވެއާއަކަށް ނޫނީ އޮންލައިން ކޮންމެ އެކައުންޓަކަށް ވަކި ޕާސްވޯޑެއް ހަދާ އެސޭވުކޮށް މެނޭޖުކުރެވޭނޭ މަގުވެސް ފަހިކޮށްދެއެވެ. މަޝްހޫރު ޕާސްވޯޑު މެނޭޖާރ ތަކުތެރޭގައި ވަންޕާސްވޯޑު، ލާސްޓްޕާސް ،ގޫގުލް ޕާސްވޯޑުމެނޭޖަރ ފަދަ އެޕްލިކޭށަން ހިމެނެއެވެ. މިފަހަކަށް އައިސް ތިބޭ ޕާސްވޯޑު މެނޭޖާރތަކަކީ ބްރައުޒާ އިންބިލްޓް އެޕްލިކޭށަން ތަކެވެ. އެހެންކަމުން ވެބްސައިޓްއަކަށް ދިއުމުން އޮޓޯއިން އެވެބްސައިޓެއްގެ ޕާސްވޯޑު، ޕާސްވޯޑު މެނޭޖާރ ޖަހައިދޭނެއެވެ. ހަދާން ބަހައްޓަން ޖެހޭނީ ހަމައެކަނި ޕާސްވޯޑު މެނޭޖާރގެ ޕާސްވޯޑެވެ. ދެންބާކީ ހުރި ހުރިހާ ޕާސްވޯޑެއް ޕާސްވޯޑު މެނޭޖާރ ހަދާން ބަހައްޓާ ތިބާއައްޓަކާ ގެންގުޅެ ދޭނެއެވެ. މިހެންބުނުމުން ތިއުފެއްދި ސުވާލުވެސް އަހަންނަށް އިނގެއެވެ. ޕާސްވޯޑު މެނޭޖާރގެ ޕާސްވޯޑު ލީކުވެއްޖެޔާ ހަދާނީ ކިހިނެކުން ހެއްޔެވެ؟ އަހަރެންގެ ފޯނު ވަގައްނަގައިފިއްޔާ ހަދާނީ ކިހިނެކުން ހެއްޔެވެ؟ މިކަމަށް ވެސް ހައްލު އެބައޮތެވެ. ދެން ނިކަން މިބުނި ހައްލާ ބެހޭގޮތުން ވާހަކަ ދައްކާލަން ހިނގާށެވެ.

3. މަލްޓިފެކްޓާރ އޮތެންޓިކޭށަން ބޭނުންކުރުން:

މަލްްޓިފެކްޓާރ އޮތެންޓިކޭށަނަކީ މިހާރުގެ ހުރިހާ އޮންލައިން އެޕްލިކޭޝަންތަކުގައި އިންނަ ހިދުމަތެކެވެ. މަލްޓިފެކްޓާރ އެނޭބަލް ކުރެވޭ ހިސާބުން ފެށިގެން އެޕްލިކޭޝަނަށް ވަންނަންް ޕާސްވޯޑުގެ އިތުރަށް ވެރިފަރާތްކަން އެޕްލިކޭޝަނަށް އަންގަދޭން އިތުރުމަޢުލޫމާތު ދޭންޖެހެއެވެ. މިއީ ފޯނަށް އެސްއެމްއެސް އެއްގެޒަރިއްޔާއިން ނޫނީ އީމެއިލަށް ލިބޭ އޯޓީޕީއަކަށް ވެސް ވެދާނެއެވެ. ނޫނީ އޮއުތެންޓިކޭޓާރ އެޕްލިކޭޝަނަކަށް ފޮނުވާލެވޭ ސިގްނަލް އަކަށް ވެސް ވެދާނެއެވެ. ފާހަގަ ކޮށްލަން ޖެހޭ ޕޮއިންޓަކީ އެކައުންޓެއްގެ ޕާސްވޯޑުލިބުނަކަސް މަލްޓިފެކްޓަރ އެނޭބަލްކޮށްފަ އިންދާ އެޔަށް ބޭނުންވާ މަޢުލޫމާތު ނުދީއެއް ނުވަދެވޭނެއެވެ. ކޮބާ، ހީވޭ ކަމެއްހެން؟ މިތިބެނީކި މާއުދަގޫ، މާބޮޑެތި ކަންތަކެއްނޫން. އަހަރެންކަހަލަ އެންމެ ކަތްނެތް މީހަކަށްވެސް އެހާމެ ފަސޭހައިން ކޮށްލެވޭނެހާ ކަންތައް.



 

ނިންމުން:

މިލިޔުން މިހިސާބުން ކުރުކޮށްލާނަމެވެ. މިސިލްސިލާގެ ފުރަތަމަލިޔުމަށް ވީތީ މިބަލާލީ އިންޓަނެޓްގައި ބެނުންކުރެވޭ ގިނަ ހިދުމަތްތަކާ، ވަސީލަތްތަކަށް ވަންނަން، ނުވަތަ ސަވިސަސްތަކަށް އެކްސެސް ކުރަން ބޭނުންކުރާ މައިގަނޑު ތަޅުދަނޑި ކަމަށްވާ ޕާސްވޯޑަށެވެ. އަދި މިޕާސްވޯޑު ރައްކާތެރިކުރުމަށް ކުރެވިދާނެ ކަންތަކަށެވެ. ކައްޗަށް އެޅުނު ބިންގަލެއް ކެއްޗާ ހަމަޔަށް ދިޔައަސް އިންނާނީ ކައްޗަށޭ ބުނެއުޅޭތީ އަޑުއަހަމެވެ. މިއީބިންގަލެއް ކަމަށް ބަލާ މިހިއްސާކުރެވުނު މަޢުލޫމާތުގެބޭނުން ތިކިޔުންތެރިން ފުރިހަމަ ގޮތުގައި ހިފާނެކަމަށް އުއްމީދު ކުރަމެވެ.

ނިންމާލުމުގެ ކުރިއަށް އަހަރެން ބުނެލަން ބޭނުންވާ އެހެން ވާހަކައެއްވެސް އެބައޮތެވެ. އަހަންނަކީ ދިވެހި ރަސްމީބަހުރުވައަށް މާފަރިތަ މީހެއްނޫނެވެ. މިވާހަކަ މިބުނަނީ މިކަމާ ފަހުރުވެ ހުރެއެއް ނޫނެވެ. ކުޑައިރު މައިންބަފައިން މަދުރަސާއަށް ފޮނުވީމަ ދިވެހި ކުލާހުގައި ނުކިޔަވާ ޝަމްސުމިސްގެ ބަސްނޭހުނީތީ އިންތިހާއަށް މިއަދު ހިތާމަ ކުރަމެވެ. އެހެންތާ ވާނީ, މިރާއްޖެތެރޭ މީހާ މިއުޅެނީ ލިބަފަހުރި ޢިލްމެއް ލިޔުމެއްގެ ޒަރިއްޔާއިން ވެސް ފުރިހަމަ ގޮތުގައި ލިޔުމުގެ ކުށަކާނުލާ ހިއްސާކޮށްލަންވެސް ނޭނގިގެންނެވެ. އޭރުއްސުރެން މިއަދާ ޖެހެންދެންވެސް އަހަންނަށް ފަރިތައީ އައްޑޫ ބަހުރުވައިން ވާހަކަދައްކާށެވެ. މިހެންކަމުން މިލިޔުން ތަކުގައި ރަސްމީ ދިވެހި ބަހުރުވައާާއި އައްޑޫ ބަހުރުވަ މަސްހުނި ވެފައި ހުރުމަކީވެސް އެކަށީގެންވާނޭ ކަމެކެވެ. އެއީ މާބޮޑު މައްސަލައަކަށް ނަހަދާ ލިޔުމުގެ މަގުސަދު ކަމުގައިވާ މަޢުލޫމާތު ހިއްސާ ކުރުމުގެ ބަޔަށް އިސްކަން ދިނުމަށް އެދެމެވެ. ޒިމްބާބޭގެ ވެރިކަން ކުރެއްވި ލެޖެންޑް ރޮބާރޓް މުގާބޭ ވިދާޅުވިކަމަށްވެއެވެ:

 "No matter how bad you are; you are not useless. You can still be used as a Bad Example!"



 

Popular posts from this blog

Unlocking Success: Crafting an Integrated E-Commerce Marvel with Ewity

How I created something like Google Meet and Zoom